Monday, August 3, 2009

ޚާއްސަ ހިދުމަތް

ޝަހުލާ އާއި މުނީޒާއަކީ އެއްރަށެއްގެ ދެކުދިންނެވެ. އެރަށަށް އުފަން ވިޔަފާރިވެރިއެއް ކަމަށްވާ ފާރޫގު މިދެކުދިންނަށް މާލޭގައި ކިޔަވަން ތިބުމުގެ ފުރުސަތު ދިނެވެ. އެއީއޭނާ ހިންގާ ފިހާރައެއްގައި މަސައްކަތް ކުރާގޮތަށެވެ. ފާރޫގު މިގޮތަށްއެތައް ބައިވަރު ކުދިންނެއް އޭނާގެ ކައިރީގާ ގެންގުޅެއެވެ. އަދި އޭނާގެ ކައިރީގައި ތިބޭ ކުދިންނަށް އޭނާކަންތައް ކޮށްދޭލެއް ރަނގަޅުކަމުން މިހުށަހެޅުން މިދެކުދިންގެ އާއިލާއިން ވެސް ގަބޫލުކުރިއެވެ. އަދި މިދެކުދިން މާލެ އައިއްސިއެވެ.
ދެކުދިން އެއްކޮށް އައިސް ތިބެން ހަމަޖެހުނީވެސް އެއްގޭގައި ވަކިންނެވެ. ފާރޫގު އޭނާގެ ވަޒީފާގައި އުޅޭ ބޭރުމީހުން ބައިތިއްބަން ކުއްޔަށްހިފާފައި ހުންނަގެއެކެވެ. އެވަގުތު ހުސްކޮށް ހުރުމުން އެދެކުދިންބޭތިއްބީއެވެ. ދެމީހުން ކާންދަނީ ފާރޫގުމެން ގެއަށެވެ. އަދި ޓިއުޝަން ކުލާހެއްގައި ބައިވެރިވުމަށް ފަހު ފިހާރައަށް ނުކުންނަން ފަށައިފިއެވެ.
އެފިހާރައަކީ އަލަށްހުޅުވި ފިހާރައެކެވެ. ކެމެރާއާފޮޓޯގެ ސާމާނު ވިއްކާ މިފިހާރައަކަށް މާގިނަމީހުނެއް ނާދެއެވެ. އެހެންކަމުން ގިނަވަގުތު ދެމީހުން ތިބެނީ ފިހާރައިގައި އެކަންޏެވެ. އަދި މިގޮތަށް ގިނައިރު ތިބެންޖެހުމުން ދެމީހުން ވަރަށްބޮޑު ދެރަޙުމަތްތެރިންނަށް ވެއްޖެއެވެ. ރަށުގައި އުޅުނުއިރުވެސް ދެމީހުން ރައްޓެހިނަމަވެސް އެއްގެއެގައި އަދިއެއް ވަޒީފާއެއްގައި އުޅެންފެށުމުން ދެމީހުންގެ އެންމެ ފޮރުވިފައިވާ ސިއްރުތަކާ އެދުންތައްވެސް އަނެކާއަށް ހާމަ ކުރެވެންފެށިއެވެ.
މިތާގައި އެމީހުންތިބޭއިރު މީހުން ސާފުކުރާށާ ޕްރިނޓްކުރަން ގެންނަފޮޓޯތައް މިދެމީހުންވެސް ވަރަށް ޝައުގުވެރިކަމާއެކީ ބަލާހަދައެވެ. އަދިޚާއްސަކޮށް ބައެއް ގެސްޓުންގެންނަ ކެމެރާތަކުގައި ހުންނަ އޮރިޔާންފާޑުގެ ފޮޓޯތަކަށް ޚާއްސަޝައުގު ވެރިކަމެއްހުރެއެވެ. މިކަމުގައި ފުރަތަމަކޮޅު ދެމީހުން ތަންކޮޅެއްދުރުދުރުން އުޅުނުކަމުގައިވިޔަސް ދެމީހުންވެސް މިފާޑުއެއްޗިހި ބަލާހިތްވާކަން އެނގުމުންފާޅުގައި މިކަންކުރަންފެށިއެވެ. އަދިއެތަނަށް އިސްތިހާރުގެ ބޭނުމަށްގެނެސްފައި ހުންނަ މެގަޒިންތަކުގަހުންނަ މިފާޑުފޮޓޯތައްވެސް ފިހާރަބަންދުކޮށްގެންތިބެ ބަލާހަދައެވެ. މިހެންކަންތައް ހިނގަމުންދަނިކޮށް އެއްފަހަރަކު އެތަނަށްގެނައި މެގަޒިންތަކުގެތެރޭގައި ސީދާމިޒާތުގެ ފޮތްތަކެއްހުއްޓެވެ. މިފޮތްތައް ފުރިފައި ވަނީ ބަދްއަޙްލާޤީ މަންޒަރުތައް ދައްކައިދޭ ފޮޓޯތަކުންނެވެ. ފިހާރަބަންދު ކޮއްލެވޭ ކޮންމެވަގުތެއްގައި ޝަހުލާއާ މުނީޒާ މިފޮތްތައް ހޭވުންނޫން ކަމެއް ނުކުރެއެވެ.

No comments:

Post a Comment